ދެވަނަ ބުރުގެ މެޗަށް ވުރެ އިތުރަށް، މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާކަމަށް އިންގްލެންޑްގެ ކޯޗު ތޫމަސް ޓޫހުލް ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެލްގެ ފަހު މެޗުގައި އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ޕެނަމާއާ ދެކޮޅަށް ކުޅެ 2-0 އިން އިންގްލެންޑް މޮޅުވި މެޗުގައި، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ކެޕްޓަން ހެރީ ކޭން ޖެހި ލަނޑަށް ފުރުސަތު ވެސް ތަނަވަސްކޮށް ދީފަ އެވެ.
އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑް ގަދަ 32 ގެ ބުރަށް ދަތުރުކުރުމުގައި، އެޓީމުގެ ތަރި ޖޫޑް ބެލިންހަމް އަދާކުރި ދައުރަށް ކޯޗު ތޯމަސް ޓޫހުލް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
މެޗަށްފަހު ބެލިންހަމްއަ ށް ތައުރީފުކުރަމުން ޓޫހުލް ބުނީ އަނިޔާއިން ސަލާމަތްވެ، މިހާރު ދެއްކޭ ކުޅުމާ މެދު ބެލިންހަމް ހުރީ ވަރަށް އުފަލުން ކަމަށެވެ.
"އޭނާ ކުޅެމުންދަނީ އެއްވެސް ހާސްކަމެއް ނެތް މިނިވަން ރޫހެއްގައި،" ޓޫހުލް ބުންޏެވެ.
"އޭނާއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް. އޭނާ ކުޅެންޖެހޭނީ މިފަދަ ވަރުގަދަ އަޒުމެއްގައި."
މި މެޗުގައި ހެރީ ކޭން ޖެހި ލަނޑާ އެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީހުގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފަ އެވެ.
އިންގްލެންޑަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސައަކީ ކަނާތު ބެކަށް ކުޅެމުންދިޔަ ޖަރެލް ކުއަންސާ އަށް އަނިޔާވެގެން ބާލަން ޖެހުމެވެ އެވެ. އެއީ ދެވަނަ ބުރުގެ މެޗާ ކުރިމަތިލާއިރު އިންގްލެންޑަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
"ކުރިއަށް އޮތް އިތުރު މަރުހަލާއާ މެދު މާ ބޮޑަށް ވިސްނައި ވާހަކަދައްކާނަމަ އޭގެ އަދަބު ލިބިދާނެ." ޓޫހުލް ބުންޏެވެ.
"މިވަގުތު ހަމައެކަނި ސަމާލުކަން ދޭންވީ ކުރިއަށް އޮތް އެންމެ މެޗަކަށް."
ދެވަނަ ބުރުގެ މެޗަށް ވުރެ އިތުރަށް މިވަގުތު ވާހަކަ ދައްކާކަން ޓޫހުލް ބޭނުމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ