މާލެ ކައިރިން ދެ ލޯންޗެއް ޖެހި މިއަދު ބޮޑު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ބޮޑެތި އަނިތާކެއް ވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ދެ މީހުންނާ އެކު، ދަތުރުކުރަމުން އައި ”ޓުއާ ގާޑް“ ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓު ވެގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ކަމަށާއި އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި އެއް ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފަ އެވެ.
ދެ ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ