ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސައާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ 2025 ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައި ވާ ކަމަށެވެ. އަދި އެ މަޢުލޫމާތައް ބަލައި އެ މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ ތަޙްޤީގު އެއްކޮށް ނިމުމުން ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނެ ކަމަށެވެ.
ޖޫން 1 ވަނަ ދުވަހު މުޅި ގްރޭޓަރ މާލެ އޭރިއާއިން ކަރަންޓު ކެނޑިފައިވަނީ 5 ގަޑިއިރަށް ވުރެ ދިގު ވަގުތަކަށެވެ. އެ މައްސަލަ ހިނގައިދިޔަގޮތް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އޭރު ސްޓެލްކޯއިން ބުނީ، އެ މައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އެކަމަކު ސީދާ ދިމާވި މައްސަލައެއް ހާމައެއް ނުކުރެ އެވެ.
ހަ ގަޑިއިރަށް މާލެެއިން ކަރަންޓު ކެނޑުނު މައްސަލަ؛ މައުލޫމާތު އެއްކޮށް ތަހުގީގު ކުރިޔަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ