ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުންމޯލްޑިވްސް ޒަކާތު ހައުސް އިން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި އެވެ.
ޒަކާތު ފަންޑުން މިއަދު ބުނީ، އެ ފައިސާ އިއްޔެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޖަމާކޮށްފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިވުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީއާ ދެމެދު ވަނީ 21 ފެބްރުއަރީ 2024 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ