ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖު 2026 ފެށުމަށް ތައްޔާރުވަނީ
ރާއްޖޭގެ މޫދުކުޅިވަރުގައި ފާހަގަކޮށްލެވޭ ބ. ގޮއިދޫގެ ހިތްގައިމު ފަޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ގޮއިދޫ ކައުންސިލުން އިސްނަގައިގެން، "ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ" އާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކައުންސިލަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ކައިޓްސާފިން މުބާރާތެވެ. މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މޫދު ކުޅިވަރުތައް އާލާކޮށް، މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 38 ރައިޑަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ގޮއިދޫން ބޭރުގެ 30 ރައިޑަރުންނާއި އެ ރަށަށް ނިސްބަތްވާ 14 ރައިޑަރުންނާއެކު ޖުމްލަ 44 ރައިޑަރުންނެވެ. ހަންޓޭ ކައިޓް ސާފިން ކުރަނީ-- މި މުބާރާތް ކުރިއަށްދާނީ ރޭސް އަދި ފްރީސްޓައިލް ކެޓެގަރީތަކަށް ބަހާލައިގެންނެވެ. ރޭސް ކެޓެގަރީން އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާ އަދި ޓްރޮފީ، ދެވަނައަށް 5,000 ރުފިޔާ އަދި ޓްރޮފީ، އަދި ތިންވަނައަށް ދާ ފަރާތަކަށް 3,000 ރުފިޔާ އާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފްރީސްޓައިލް ކެޓެގަރީގެ އެއްވަނައަށް 10,000 ރުފިޔާ އަދި ޓްރޮފީ، އަދި ދެވަނައަށް 5,000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް 3000 ރުފިޔަާ އަދި ޓްރޮފީ ލިބޭނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު އެތުލީޓަކަށް ހޮވޭ ފަރާތަކަށް "ފުޅަނގި ޓައިޓަލް ވިނާ" ގެ ޝަރަފާއެކު 15,000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކުރެވޭނެއެވެ. ޖޫން 28 އިން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ތެރޭގައި އެތުލީޓުންނާއި އޮފިޝަލުންނަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސައިދީފައެވެ. ކައިޓް ސާފިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- އެގޮތުން، ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކައުންސިލްގެ ފަރާތުން ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް މުބާރާތް ބާއްވާ ސަރަހައްދުން މެންދުރުގެ ކެއުން ހަމަޖައްސައިދޭނެއެވެ. އަދި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހެޔޮއެދުންތަކާއެކު އެތުލީޓުންގެ ހެނދުނުގެ ނާސްތާވެސް މުބާރާތް ބާއްވާ ސަރަހައްދުން ލިބިގެންދާނެއެވެ. މީގެ އިތުރުން، އެތުލީޓުންނާއި ޖަޖުންގެ ހުރުމުގެ ކަންކަމަށް ރަށުގެ ހުރިހާ ގެސްޓްހައުސްތަކުން ވަރަށް ހެޔޮ އަގުތަކެއްގެ އޮފާތައް ދީފައިވާއިރު، ރަށުގެ ކެފޭތަކުންވެސް ބައިވެރިންގެ ކެއުމަށް ހާއްސަ ޑިސްކައުންޓްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. މި ބޮޑު މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބާ ގޮއިދޫގެ ހުރިހާ މުއައްސަސާތަކާއި، ރަށުގެ ޒުވާނުން އަދި އާންމު ރައްޔިތުން ޝާމިލްވެ، މިހާރުވެސް ދެމުންދާ ފުރިހަމަ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. ހަމައެހެންމެ، މުބާރާތުގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށްޓަކައި ގޮއިދޫ ކައުންސިލްގެ ހީވާގީ މުވައްޒަފުން ރޭދުވާލު ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މުވައްޒަފުންނަށްވެސް ކައުންސިލުން ވަނީ ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ