އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާއެކު، ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު ވެސް އެންމެ ފަހުން ފުރުއްވި ޝަކީލް، އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ޕީއެންސީގެ 51 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަތް މެންބަރުންނެވެ.
ތަފްސީލް - ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ޝަކީލު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ވެސް މިއަދު ވަނީ އެ ކުންފުނީގައި އޭނާ ކުރެއްވި މަސައްކަތްތަކަށް ތައުރީފްކޮށް، ޝުކުރު އަދާކޮށްފަ އެވެ.
އެތަނުން ބުނިގޮތުގައި:
އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ، ޝަކީލްގެ ލީޑާޝިޕްގެ ދަށުގައި
އެގޮތުން ހާއްސަކޮށް، ހައްޖާއި އުމްރާގެ އަޅުކަމަށް ދާ ދިވެހިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ތަންފީޒުކުރެއްވި ކަމަށް ބުނި
އަދި މުވައްޒަފުންގެ ފެންވަރު މަތިކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނި
އެނގުން މުހިއްމު - އީސީއަށް އާ މެމްބަރަކު އައްޔަން ކުރީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެންސީގެ ސެނެޓް މެންބަރުކަމާއި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަކީލު މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވުމުން ބައެއް އާންމުން އެކަމަށް ފާޑުކިޔެވެ.
ޝަކީލް ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ