ޕީސީބީއަށް ނިޒާރު އަލުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްއަކަށް އައްޔަނުކުރި މުހައްމަދު ނިޒާރު، މއ. ޔެލޯބޯލްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.އެ މަގާމަށް ނިޒާރު އައްޔަނު ކުރީ 30 އޭޕްރީލްގަ އެވެ. އޭނާއަށް ރުހުން ދޭން ފެނޭތޯ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުން ރުހުން ދިނުމަށް ފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ.ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ