އިންޑިއާގެ ތާރީހުގައި އެ ގައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު ހާސިލްކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ޙިއްސާކުރެއްވި މެސެޖުގައި، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިހުތިރާމާއި ސިޔާދަތީ ހަމަހަމަ ކަމާއި ދެ ގައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ އަޒުމް ވަނީ އައު ކުރައްވާފައެވެ.
މިއަދު މޯދީ ވަނީ އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުގެ މަގާމު ފުރުއްވި މީހާގެ ރެކޯޑު ހައްދަވައިފައެވެ. އެއީ 4،399 ދުވަހު ހިދުމަތް ކުރައްވައިގެންނެވެ. މިއީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރް ލާލް ނެހްރޫއަށް ވުރެ ވެސް ގިނަ ދުވަހެވެ. ނެހްރޫ ބޮޑުވަޒީރުގެ މަގާމު އަދާ ކުރެއްވީ 4398 ދުވަހުއެވެ.
ެއެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމާ ގުޅިގެން މޯދީއަށް ރައީސްގެ ތަހުނިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ