ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްމާން ވަޙީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމްދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.
މިއަދު ބޭއްވި ކޯޓު އަޑުއެހުމުގެ ކުރިން ’އެކްސް’ގައި ކުރެއްވި ޓްވީޓެއްގައި ޝަމާޢަން ތުހުމަތު ކުރެއްވި ގޮތުގައި، މިނިސްޓަރު ޢަލީ އިޙްސާން ވަނީ ވަކި ބަޔަކަށް ބޯޑަރު ހުއްދަތަކެއް ވިއްކަވާފައެވެ. އަދި އިމިގްރޭޝަންގައި މަސައްކަތް ކުރެއްވި ދުވަސްވަރު މިކަމާ ގުޅިގެން ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް އެކަމާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އިތުރަށް އެކަން ހައްލުކުރަން މަސައްކަތް ނުކުރުމަށް ރައީސް އެންގެވި ކަމަށްވެސް ޝަމާޢަން ތުހުމަތު ކުރެއްވިއެވެ.
މިކަމާ ގުޅިގެން މުންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިޙްސާނާއި ރައީސް މުޢިއްޒުގެ މައްޗަށް ޝަމާޢަން ކުރެއްވި ހުރިހާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ނަމަވެސް، މި ތުހުމަތުތަކާ ގުޅޭ އިތުރު ތަފްޞީލެއް ނުވަތަ ވަކިވަކި ކަންކަމަށް ރައްދު ދެއްވައި މުންދު އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. ޝަމާޢަން މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދަޢުވާތަކެއްގެ ޝަރީޢަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާއި ގުޅީގެން ޝައްމާން ވަނީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮއްފައެވެ.
ޝަމްމާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކައެއް: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ