ރޭ ފެށި ވޯލްޑް ކަޕްގައި މުޅި އޭޝިއާއަށް ހިނިތުންވުން ގެނެސްދޭނެ ނަތީޖާއެއް، ޔޫރަޕްގެ ޗެކް ރިޕަބްލިކް 2-1އިން ބަލިކޮށް، ސައުތު ކޮރެޔާއިން މިއަދު ނެރެދީފި އެވެ.
މެޗުގެ 59 ވަނަ މިނިޓްގައި އެއްލުމެއްގައި މަތިން އޮއްސުނު ބޯޅަ ލަޑިސްލާވް ކްރެއިޗީ ބޮލުން ޖަހާލީ ބާރަށެވެ. އެ ހަމަލާ ސައުތު ކޮރެޔާގެ ކީޕަރަށް ސަލާމަތެއް ނުކުރެވުނެވެ.
ނަވެސް މެޗުން ކުރި ހޯދިތާ އަށް މިނިޓް ފަހުން ހުއާން އިން ބިއޮމްގެ މޮޅު ހުނަރުތަކުން ޗެކްގެ ޕެނެލްޓީ އޭރިޔާ ތެރޭގައި ގެންގުޅުނު ބޯޅަ ގޯލުގެ ކަނަށް ފޮނުވާލި އެވެ. ގޯލު ރޮނގު ހުރަސް ކުރުމުގެ ކުރިން އެ ބޯޅަ މަތަކުރެވޭނެ ގޮތެއް ނުވި އެވެ.
ދެން އައީ ސައުތު ކޮރެޔާ މޮޅުކޮށްދިން ލަނޑެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ގޯލުގެ ކުރިމައްޗަށް ތިރިން ހުރަސްކޮށްލި ބޯޅަ ރީތިކޮށް ވައްދާލައިގެން މި އުފާވެރިކަން ގެނެސްދީ ނީއޯ ހިޔުންގިއު އެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ ވެސް ހިމެނޭ ގްރޫޕް އޭގެ މި މެޗުން މޮޅުވުމަކީ ގްރޫޕް ސްޓޭޖުން ކުރިއަށް ދާން ސައުތު ކޮރެޔާއަށް ހުޅުވުނު ރަނގަޅު ފުރުސަތެކެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ސައުތު އެފްރިކާ 2-0 އިން ބަލިކޮށް މެކްސިކޯ ވެސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.
ޗެކް ރިޕަބްލިކް ބަލިކޮށް ސައުތު ކޮރެޔާއިން އޭޝިއާ ހިނިތުންކޮށްލާނެ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ