ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ހޮނުއެޅުމުގެ ސަބަބުން އެމަޖެންސީގައި ޖައްސައިފި

އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ބޯޓަަކަށް ހޮނުއެޅުމުގެ ސަބަބުން ރޭ ދަންވަރު އިމަޖެންސީގައި އަނބުރާ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. އެ އެއާލައިނުން ބުނީ ފްލައިޓް ޔޫއެލް 606 ފުރައިގެން ދިޔަތާ މާގިނައިރުތަކެއް ނުވެ އެ ބޯޓުގެ އިންޖީނަށް ހޮނު އަޅާފައިވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މަތިންދާބޯޓު އަނބުރާ ކަޓޫނާޔަކޭއަށް ޑައިވާޓްކުރީ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި ފަސިންޖަރުން އެހެން ބޯޓަކަށް ބަދަލުކޮށް، އޮސްޓްރޭލިއާއަށް ވަނީ ފޮނުވާލާފައެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދަތުރު ފެށުނީ ފަސް ގަޑިއިރަށްވުރެ ވެސް ލަހުންނެވެ. ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި ހާދިސާގެ ސަބަބުން އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައެއްނުވެއެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ