ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށް، މިއަދު އަލުން ހުޅުވައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން އާންމުންނަށް ހުޅުވާލައި ރަސްފަންނު ބޭނުންކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މަރާމާތުކުރަން ރަސްފަންނު ވަގުތީގޮތުން ބަންދުކުރީ މިދިޔަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ރަސްފަންނު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި އެ ތަނުގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެފައި ހުންނާތީ، އެ ސަރަހައްދު ރަނގަޅަށް ބޭނުން ނުކުރެވޭތާ އޮތީ ދުވަސްތަކެއް ވެފަ އެވެ.
އެތަން މަރާމާތުކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތަށްފަހު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ