މިދިޔަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 58 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 50 މިލިއަން ރުފިޔާއާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.
ޒަކާތުގެ ފައިސާ ބެހުމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ބުނެފައިވަނީ، މިއަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ 2,384 މީހުންނަށް ޖުމްލަ 13,112,000 ރުފިޔާ ބަހާފައިވާ ކަމަށެވެ. އެގޮތުން ބޮލަކަށް 5,500 ރުފިޔާ ޖެހިފައިވާއިރު، މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދުކަން ފާހަގަކުރެވެއެވެ.
މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 73 އިންސައްތަ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ