ށ.އަތޮޅުގެ 3 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ށ. ކަނޑިތީމު، ށ. ގޮއިދޫ، ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށް އާރްޑީސީއިން މައުލޫމާތު ދީފައިވެއެވެ.
މި މަސައްކަތުގެ ދަށުން ކަނޑިތީމުން 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މަރޮށިން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭއިރު، ގޮއިދޫއިން 10 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ.
ސަރުކާރުގެ ޚަރަދުގައި ހިންގާ މި 3 މަޝްރޫއަށް ޖުމްލަ 209.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
ގޮއިދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ