މެދުއިރުމަތީގެ ހަނގުރާމަ: ރާއްޖެ އިން ދަތިތައް ހައްލުކުރަން ހާއްސަ ކޮމިޓީއެއް!
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.ނުވަ ވަޒީރުންގެ މައްޗަށް އެކުލަވޭ އެ ކޮމިޓީ ރައީސް އެކުލަވާލެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަ ކުރައްވާފަ އެވެ.މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން އެކުލަވާލި ކޮމިޓީފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫންފިނޭންސް މިނިސްޓަރު، މޫސާ ޒަމީރުޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދުޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންހޯމް މިނިސްޓަރު، އަލީ އިހުސާންޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމްހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އަލީ ހައިދަރުވަޒީރުންގެ ކޮމިޓީ އެކުލަވާލި ހަބަރު އާންމުކުރިތަނާހެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ.އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ހަމަލާއެއް ސްކޫލަކަށް އަމާޒުވެ، 200 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.އެ ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ. އޭގެ ތެރޭގައި ގަތަރާއި ބަހްރެއިން، އުރުދުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ ވެސް ހިމެނެ އެވެ. ވައިގެ ހަމަލާތަކާ އެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.އޭގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އެ ސަރަހައްދުގައި ފްލައިޓުތައް ކެންސަލްކޮށް، ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ