މެދުއިރުމަތީ ހަނގުރަމާއިގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތް ވާނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
މިކަން ހާމަކޮށް ފިނޭންސުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަަމަށެވެ. މިހެންކަމުން، ތެލުގެ ސަޕްލައި ކަށަވަރުކުރަން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ފިޔަވަޅު އަޅަމުންދާނެ އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ކޮށްފާނެ އަސަރުތައް އެ މިނިސްޓްރީން ވަރަށް ބޮޑަށް ދިރާސާކުރަމުން އަންނަ ކަަމަށް ވެސް ބުނެފަ އެވެ.
"މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ވަނީ ރޭވިފަ،" ފިނޭންސުން ބުންޏެވެ.
މި ވަގުތު ރާއްޖެއަށް ނުރައްކާ ކުޑައީ، ފިނޭންސުން ބުނި ގޮތުގައި، ބޭރު ފައިސާގެ ރިޒާވު އެއް ބިލިއަން ޑޮލަރުން މަތީގައި ހުރީމަ އެވެ.
ފިނޭންސުން ބުނީ މިއީ، އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.
ތެޔޮ ސަޕްލައި ކަށަވަރުކުރުމުގެ ކަންކަން ފިނޭންސުން ކުރަމުން އަންނައިރު، ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ސަޕްލައި ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ގުޅިގެން މަސައްކަތް ކުރަން ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
ތެޔޮ ސަޕްލައި ކަށަވަރުކުރާނެ ކަމަށް ފިނޭންސުން ބުނެފި ތެޔޮ ސަޕްލައި ކަށަވަރުކުރާނެ ކަމަށް ފިނޭންސުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ