މެދުއިރުމަތީގައި އިއްޔެ ފެށި ހަނގުރާމައާ ގުޅިގެން، ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް، ކާބޯތަކެއްޗާއީ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެ، ދިގު ހަނގުރާމައެއް ތުންފަތް މަތީގައި އޮތުމާ ގުޅިގެން ނުތަނަވަސްކަން ބޮޑު ދަނޑިވަޅެއްގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އޭގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން ސަރުކާރުން އެންމެ އިސްކަން ދެނީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަަށަވަރު ކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުންނެވެ. އަދި، މުދާ އާންމުކޮށް މުދާ އެެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަންނަން މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
"މިގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރެ އެވެ. ވަކިން ހާއްސަކޮށް ޔޫއޭއީ އަދި އޮމާނަކީ ރާއްޖޭގެ މުހިންމު ވިޔަފާރީގެ ބައިވެރިންތަކެކެވެ. ޔޫއޭއީން އެތެރެކުރާ މުދަލުގެ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ވެހިކަލް ހިމެނެ އެވެ. އޮމާނަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމެވެ.
ކާބޯތަކެއްޗާއީ މުދަލުގެ ސްޓޮކް ދަމަހައްޓަން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް އަޅަނީ ކާބޯތަކެއްޗާއީ މުދަލުގެ ސްޓޮކް ދަމަހައްޓަން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ