އީރާންގެ އިސް ލީޑަރު ހާމަނާއީ މިހާރު ދުނިޔޭގައި ނެތް: އިޒްރޭލު

އީރާނުގެ އިސް ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލު ސިފައިނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން އިސްރާއީލުގެ އޮފިޝަލުންނާއި ހަވާލާދީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މީގެ ކުރިން އިސްރާއީލުން ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބުނެފައެވެ.ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީން އޭރު ބުނެފައިވަނީ ޚާމަނާއީ އަވަހާރަ ނުވާ ކަމަށާއި ޚާމަނާއީގެ ހާލު ރަނގަޅު ކަމަށެވެ. އަދި ޚާމަނާއީ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް އީރާނުން ބުނި ނަމަވެސް ފަހުން ވަނީ ގައުމާ މުހާތަބު ކުރެއްވުން ކުއްލި ގޮތަކަށް ފަސްކޮށްފަ އެވެ.އެހެން ނަމަވެސް އީރާންގެ ސަރުކާރުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަދި އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާންއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޚާމަނާއީ އާއި އީރާންގެ ރައީސް ވެސް ސަލާމަތުން އެބަތިއްބެވި ކަމަށެވެ.އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ. ނަމަވެސް ދަތި ކުރުމުގެ ފިޔަވަޅުތަކާއި އިންޒާރުތަކާ ހެދި ޚާމާނާއީގެ ސަލާމަތީ ކަންކަން އީރާނުން ވަރަށް މަތީ ފެންވަރެއްގައި ބަލަހައްޓަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ