ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 9 އިން މެންދުރު 1 އަށް

މި އަހަރު ވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ ރޯދަ މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ރަސްމީ ގަޑިއަކީ، ހެނދުނު 09:00 އިން 13:00އަށެވެ.
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ، އެ ގަޑީގައި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތައް ހުޅުވީ، އެ ގަޑިތަކުގައެވެ.
އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.
މީގެ އިތުރުން މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ