ވަގުތީ ނަތީޖާ: މާލޭ މޭޔަރުގެ ގޮނޑި އާޒިމް ދިފާއުކުރައްވައިފި

މާލޭ ކައުންސިލްގެ މޭޔަރުކަން މިހާރުގެ މޭޔަރު އާދަމް އާޒިމް ދިފާއުކުރައްވާފައިވާ ކަމަށް، މިހާތަނަށް ލިބުނު ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ:
އެމްޑީޕީގެ ޓިކެޓުގައި މިހާރުގެ މޭޔަރު އާޒިމް
ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މޫސާ އަލީ ޖަލީލު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު
އެމްޑީއޭގެ ކެންޑިޑޭޓު އަބްދުﷲ މަހުޒޫމް މާޖިދު
ތަފްސީލް - މިހާތަނަށް ގުނާފައިވާ ވޯޓުފޮށީގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، %46 ވޯޓާ އެކު މޭޔަރުގެ ގޮނޑި ދިފާއުކުރައްވާފައިވަނީ އާޒިމެވެ. އެއީ ގާތްގަނޑަށް 4000އެއްހާ ވޯޓެވެ.
މިހާތަނަށް އާޒިމާ އެންމެ ގާތުން ވާދަކުރައްވަނީ %28.4ގެ ވޯޓާ އެކު މޫސާ އަލީ ޖަލީލެވެ. އެއީ 3000އެއްހާ ވޯޓެވެ.
ޒަރިޔަންދަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ %21.4 ވޯޓެވެ. އެއީ ގާތްގަނޑަށް 2000އެއްހާ ވޯޓެވެ. އަދި މިހާތަނަށް އަބްދުﷲ މަހުޒޫމަށް ލިބިވަޑައިގެންފައިވަނީ 3.4 ވޯޓެވެ. އެއީ 100އެއްހާ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ