ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގުން ދިޔަ ލޮރީއެއް ފުރޮޅާލައިފި

ހުޅުމާލެ ފޭސް ދޭއް ހިތިގަސްމަގުން ދިޔަ ލޮރީއެއް ފޮރޮޅާލައިފިއެވެ.
ފަތިހު 05:25 ހާއިރު ހިނގި މި ހާދިސާގައި ފުރޮޅާލާފައިވަނީ ވެލި ބަރުކޮށްގެންދިޔަ ލޮރީއެކެވެ. ވިނަރެސް ޓަވަރުތައް ހުންނަ މަގުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ލޮރީ ފުރޮޅާލުމުގެ ސަބަބުން މަގުގެ އެއްފަރާތުގައި ހުރި ގަހެއް ވަނީ މުލުން ލުހިގެންގޮސް ވެއްޓިފައެވެ.
ލޮރީ ފުރޮޅާލާފައި.. ފޮޓޯ: ވޮއިސް
މި ހާދިސާ ހިނގިތާ ފަސް މިނެޓް ނުވަނީސް ފުލުހުން އެތަނަށް އައިސްފައިވާއިރު، އިރުކޮޅެއްގެ ތެރޭގައި ޕިކަޕް ތެދުކޮށް އެ ސަރަހައްދުން އެ އުޅަނދު ވަނީ ގެންގޮސްފައެވެ. ފުރޮޅާލި ލޮރީ ތެދުކޮށްފައިވަނީ އެ އުޅަނދު ނިސްބަތްވާ ކުންފުނީގެ ވެހިކަލްތައް ގެނެސްގެންނެވެ. އެ ކުންފުންޏަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބޮޑު ކުންފުންޏެއްކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރުދުށް ފަރާތަކުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ، ލޮރީ ފުރޮޅާލާފައިވަނީ ބާރު ސްޕީޑްގައި އައިސް މަގުން އަނބުރާލަން މާބޮޑަށް ހިފުމުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ