ޕާކިސްތާނުގެ ދިދަ ޖަހާފައިވާ 20 އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ދެ އުޅަނދު އެ ސަރަހައްދު ހުރަސްކުރާނެ އެވެ. އަދި އީރާނުގެ މި ނިންމުމަކީ ސަރަހައްދީ ސުލްހައަށް އެޅުނު ހެޔޮ ފާލެއްގެ ގޮތުގަ އާއި ބިނާކުރަނިވި ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ މަހުގެ 28ގައި ހަނގުރާމަ ފެށުނު ފަހުން އެ ކަނޑުއޮޅި ގާތްގަނޑަކަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ނިސްބަތް ވަނީ %90އަށް ދަށްވެފަ އެވެ. މީގެ ސަބަބުން 2،000އެއްހާ އުޅަނދު ތާށިވެ، ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފަ އެވެ.
އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން، ދަތުރުކުރުމުގެ ކުރިން ހުއްދަ ހޯދުމަށާއި ބައެއް ހާލަތްތަކުގައި ކަނޑުއޮޅި ހުރަސްކުރުމުގެ ފީއެއްގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ދެއްކުމަށް ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ.
ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިޔުޓީއޯ) އިން ބުނި ގޮތުގައި، ފާއިތުވި 80 އަހަރު ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވި އެންމެ ބޮޑު ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، މި ސަރަހައްދު މަދު މިންވަރަކަށް ނަމަވެސް އަލުން ހުޅުވާލަން އީރާނުން ނިންމީ ޕާކިސްތާނުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ޕާކިސްތާނުގެ 20 އުޅަނދަކަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ