ޔޫރަޕްގައި 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ހިފައިގެން ދަތުރުކުރި ލޮރީއެއް ވަގަށް ނަގައިފި އެވެ.
ނެސްލޭ ކުންފުނިން އިއްޔެ ބުނި ގޮތުގައި، އިޓަލީން ފުރައިގެން ޕޮލެންޑަށް ދަތުރުކުރި މި ލޮރީގައި 413,793 ކިޓްކެޓް ޗޮކްލެޓް ހުއްޓެވެ. ނަމަވެސް، މި ލޮރީ ދާންޖެހޭ މަންޒިލަށް ވާސިލުވެފައެއް ނުވެ އެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އެ ލޮރީ އާއި އޭގައި ހުރި ތަކެތި ފެނިފައެއް ނުވެ އެވެ.
ނެސްލޭއިން ބުނީ، ވަގަށް ނަގާފައިވާ ޗޮކްލެޓްތަކަކީ ބެޗު ކޯޑް މެދުވެރިކޮށް ދެނެގަނެވޭނެ ތަކެތި ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެ ކޯޑްތައް ސްކޭން ކޮށްފި ނަމަ، ސީދާ ކުންފުންޏަށް އެކަން އެނގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ވައްކަން ކުރި މީހުންގެ ރަހަޔަށް (ކިޓްކެޓް އިހްތިޔާރު ކުރުމުން) ތައުރީފު ކުރި ނަމަވެސް، މުދާ އުފުލާ އުޅަނދުތަކުން ވައްކަން ކުރުމަކީ މިހާރު ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ވަރަށް ބޮޑު ގޮންޖެހުމެއް،" މި ހާދިސާއާ ގުޅިގެން އެ ކުންފުނިން ބުންޏެވެ.
ޔޫރަޕްގައި 12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ