ކްރައިސިސް ކޮމެޓީއަށް ބަދަލު ގެނެސް ޗެއާއަކަށް ޒަމީރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން 28 ފެބްރުއަރީގައި ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކްރައިސިސް ކޮމެޓީއަށް ބަދަލު ގެނެސް އަލުން އެކުލަވާލައިފި އެވެ.
ވީ ކިހިނެއް؟ - ކޮމެޓީއަށް ބަދަލު ގެނެސްފައިވަނީ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވާ، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނިކޮށެވެ.
ކޮމެޓީގައި ހިމެނިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
ކޮމެޓީގެ ޗެއާ، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް 
ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ތޯރިގު އިބްރާހިމް
ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި މުހައްމަދު ގައްސާން މައުމޫން
ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. އަލީ ހައިދަރު 
ތަފްސީލް - އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުުވަށް ފަހު ކްރައިސިސް ކޮމެޓީއަށް ބަދަލު ގެނެސްފައިވާއިރު މިހާރު ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒް މިނިސްޓަރު މޫސާ ޒަމީރު - ޗެއާ
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
އިކޮނޮމިކް މިނިސްޓަރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
މި ކޮމެޓީ އެކުލަވާލާފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ކުރިމަތިވެދާނެ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ