ޕީއެސްއެމްގެ ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތެއް ކުޑަގިރީގައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ އެކި ޗެނަލްތަކުގައި މަސައްކަތްކުރާ ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ރިލީފް ހަރަކާތެއް ކުޑަގިރީގައި ބާއްވައިފިއެވެ.
މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު އަދި ނިއުސްރޫމް ހިމެނޭހެން 30 އަށްވުރެ ގިނަ ޕްރޮޑިއުސަރުން ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 'ކްރިއޭޓިވް މާސްޓަރކްލާސް' އެކެވެ. މި ކްލާހުގައި ޕްރޮޑިއުސަރުން އެކި ޓީމުތަކަށް ބަހާލުމަށްފަހު، ކޮންމެ ޓީމަކަށްވެސް ޕްރޮގްރާމް ތައްޔާރުކުރާނެ ވަކި ދާއިރާއެއް ކަނޑައަޅައި، އެ ދާއިރާއަކުން ޕްރޮގްރާމް ކޮންސެޕްޓް ތައްޔާރުކުރުމުގެ ފުރުޞަތު ދެވުނެވެ.
ކްރިއޭޓިވް ބައިތަކަށްފަހު، ބައިވެރިންނަށް ޚާއްޞަ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަން ނަގައިދެއްވީ މޯޓިވޭޝަނަލް ސްޕީކަރ މަރިޔަމް އެވެ. އޭނާ ވަނީ "އިނީޝިއޭޓިވް އޯނަރޝިޕް" އަދި "ކްރިއޭޓިވް ލީޑަރޝިޕް" ފަދަ ދާއިރާތަކުން ބައިވެރިންނަށް މަޢުލޫމާތު ދެއްވައި ހިތްވަރު ދެއްވާފައެވެ.
މި ސެޝަނަށްފަހު، ޕްރޮޑިއުސަރުން ކުރިން ތައްޔާރުކުރި ކޮންސެޕްޓްތަކަށް ފައިނަލް ބަދަލުތައް ގެނެސް ހުށަހަޅާފައިވެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މިއީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ފެނިގެންދިޔަ ހަރަކާތެއް ކަމަށެވެ.
“މިއީ ޕީއެސްއެމްގެ ދެވަނަ ޕްރޮގްރާމް ސީޒަން ފެށުމަަށް ޕްރޮޑިސަރުން ތައްޔާރުކުރުމަށް ބޭއްވި ހަރަކާތެއް. އާންމުކޮށް އޮފީސް މާހައުލުގައި ހަމަ ތަފާތު އެކި ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އަވަދިނެތި މި ފަރާތްތަކުން އުޅޭނީ. އެހެންމަ އޮފީހާއި މުޅިން ތަފާތު މާހައުލެއްގައި މިފަދަ ކަންތައްތައް ކުރަން މި ފަހިކޮށްދެވުނު ފުރުސަތަކީ ހަމަ ވަރަށް ކާމިޔާބު ކަމެއްކަމަށް ފާހަގަކުރެވުނީ. ވަރަށް މެޅު ކޮންސެޕްޓްތްއް ހަަމަ ޕިޗްކުރެއްވި.” އެމްޑީ ވިދާޅުވިއެވެ.
ބައިވެރިން މި ހަރަކާތް ސިފަކޮށްފައިވަނީ ވަރަށް ތަފާތު އަދި ބޭނުންތެރި ހަރަކާތެއްގެ ގޮތުގައެވެ.
“ޕްރޮޑިއުސަރުން މިއިީ އަބަދުވެސް ކަންކަން ދަސްކޮަށް ތަފާތު އެކި އައިޑިއާސްތަކަށް އެކި ކޮންސެޕްޓުތަކަށް ޕްރޮގްރާމްތައް ހަދާ ބައެއް. މިއީދެން ވަރަަށް ބޮޑަށް އަޅުގަނޑުމެން އެކަކު އަނެކަކު ގާތުން ދަސްކޮށް އެމީހުން މިސާލަކަަށް ޕްރޮގްރާމްތައް ހަދާއިރު ވިސްނާ ކަންތައްތައް ވަރަށް ބޮޑަށް އެނގިގެންދިޔަ އަދި މިފަދަ ކަންތައްތައް ސީނިއާ ޕްރޮޑިއުސަރުން ހިއްސާވެސް ކުރެއްވި. އަޅުގަނޑުގެ އަމިއްލަ އުފެއްދުމެެއް އަދި ނެހެދުނު ކަމަކު މިއަދު މި ޓްރިޕް ނިންމާފަ މިދަނީ އައިޑިއާސްތައް ހިފައިގެން ޕްރޮގްރާމެއް ހަދާނެގޮތުގެ އަދި ޕިޗްކުރާނެ ގޮތުގެ.” ޕްރޮޑިއުސަރަކު ބުންޏެވެ.
މި ރިލީފް ހަރަކާތް ނިންމާލާފައިވަނީ ފޯރިގަދަ ކުޅިވަރުތަކަކާއި ނިންމުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި، ހުށަހެޅުނު ކޮންސެޕްޓްތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި އަދި އެންމެ މޮޅު ޕްރޮގްރާމްތަކަށް އެވޯޑް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ