ކުރިއަށް އޮތް 5 ދުވަހު ވެސް ވައި ނުސާފުވާނެ: މެޓް

އިރު އުތުރުން އަންނަ ވަޔާއެކު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުން ފުހުގެ އަސަރު ރާއްޖެ މަތީ ހުންނާނެ ކަމަށާއި ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ހޭޒްގެ އަސަރު ބޮޑުވެ، އިއްޔެ މި ސަރަހައްދުގެ ވައި ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރަކަށެވެ.
ތަފްސީލް - މެޓު އޮފީހުން ބުނީ އިރުވައި މޫސުމާ އެކު ދުންފުހުގެ އަސަރު ކުރުން ބޮޑުވެފައިވާ ކަމަށާއި މީގެ އަސަރު އެންމެ ބޮޑުވީ އިއްޔެ ކަމަށެވެ.
އިއްޔެ ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ 2 ކިލޯމީޓަރަށް ވެއްޓިފައި
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދުންފުހުގެ އަސަރު ކުރާނެތީ ކަނޑުދަތުރުކުރާ މީހުންނާއި އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ މީހުން ވެސް ސަމާލުވާން އިލްތިމާސްކޮށްފައިވޭ
އެނގުން މުުހިއްމު - ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމްކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުން މި ސަރަހައްދުގައި ވައިގެ ކޮލެޓީ މިއަދު ހުރީ126 ގައެވެ. މިއީ ސެންސެޓިވް ނުވަތަނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.
މިހާލަތުގައި ސަމާލުކަން ދޭންވީ ކަންތައް
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
އެއާ ޕިއުރިފައިއާ ބޭނުން ކުރުން
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ