ޝާހުރު އާއި ފަރާ މައި ހޫނނާ2 އަށް އަލުންގުޅެނީ

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްހާން އާއި މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ފަރާހާން، 12 އަހަރުގެ މެދުކެނޑުމަކަށްފަހު، 2004 ވަނަ އަހަރުގެ ކާމިޔާބު ފިލްމު 'މޭ ހޫ ނާ' ގެ ސީކުއަލްއަކަށް އަލުން ގުޅެން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުގައި، ފަރާ ހާން މިހާރު ވަނީ 'މޭ ހޫ ނާ 2' ގެ ކޮންސެޕްޓެއް ތައްޔާރުކޮށް ޝާހްރުކްއަށް ހުށަހަޅާފައެވެ. މި ކޮންސެޕްޓް ޝާހްރުކްއަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ފިލްމުގައި ޝާހްރުކް ފެނިގެންދާނީ "ޑަބަލް ރޯލް" އަކުން ކަމަށް ބެލެވޭއިރު، މިއީ ފިލްމުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެކެވެ. ފިލްމުގެ އިބްތިދާއީ ރޭވުންތަކާއި ތައްޔާރީތައް ކުރިއަށްދިޔަ ނަމަވެސް، މިހާތަނަށް މިކަމާ ގުޅޭ ރަސްމީ އެއްވެސް އިެުލާނެއް ކޮށްފައެއް ނުވެއެވެ.
ޝާހްރުކް ހާން މިވަގުތު މަޝްއޫލުވެ އުޅެނީ މިއަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އޭނާގެ ކުރިއަށް އޮތް ފިލްމު 'ކިންގް' ގެ މަސައްކަތްތަކުގައެވެ. އޭނާ 'މޭ ހޫ ނާ 2' ގެ ފުރިހަމަ ސްކްރިޕްޓް އަޑުއަހައި، ފިލްމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ.
'މޭ ހޫ ނާ' އަކީ ޝާހްރުކްގެ ފިލްމީ ހަޔާތުގައި އާންމުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމަށް ވުމާއެކު، މި އައު ހަބަރާއެކު އޭނާގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ