ސޮނޭވާ ޖަނީ ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާން ރޯވެ އަނދަނީ

ސޮނޭވާ ޖަނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެ ރިސޯޓުގައި އަލިފާން ރޯވީ މިއަދު މެންދުރު 2:00 ހާއިރުއެވެ. ފުލުހުން ބުނީ، ނ. އަތޮޅުގެ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން އެ ރިސޯޓުގެ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގައި ހިމެނޭ ވިލާއެއްގައެވެ.
މި ހާދިސާގައި މީހަކަށް އަނިޔާޥެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް މިހާތަނަށް އެނގިފައި ނުވެއެވެ.
ނ. އަތޮޅުގައި ހުންނަ މި ރިސޯޓު ހުޅުވީ 2016 ވަނަ އަހަރުއެވެ. މިއީ ސޮނޭވާ ގުރޫޕްގެ ފަރާތުން ހިންގަމުންދާ ރިސޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ