އެމްޖީ ސްޕޯޓްސް ކުލަބާއި ބެންބޫ ގުޅިގެން ކ.ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، "މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމުބާރާތަކީ ކާށިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމުގެ އިތުރުން، ކާށިދޫގެ ކުލަބު ޖަމްއިއްޔާތަކާއި ސަރުކާރުގެ މުއްސަސާތަކުގެ މެދުގައި ވާދަވެރި ރޫހެއްގައި ފުޓްސަލް މުބާރާތެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރަށު ފެންވަރުގައި ޒުވާނުންނަށް ފުޓްސަލްގެ ހުނަރު ދައްކާލަދިނުމުގެ ފުރުސަތު ހޯދައިދިނުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.ޗެމްޕިއަން ޓީމަށް 10,000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތް 19 މާޗް 2026 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 5 ފެބްރުއަރީ 2026 ގެ ނިޔަލަށެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ބައިވެރިވުމަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ އަށް ޓީމަށެވެ. އަދި މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1500/- ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުބާރާތާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7864088 ނަމްބަރު ފޯނަށް ގުޅައިގެން މައުލޫތް ސާފުކުރެއްވުމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީ އިން ވަނީ އެދިފައެވެ.
މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ