3 ދާއިރާއަކުން ސަރުކާރަށް ލަފާދޭން ކޮމެޓީތަކެއް ހަދަނީ

ސަރުކާރަށް ފަންނީ ލަފާ އަދި މަޝްވަރާ ދިނުމަށް ތިން ކޮމެޓީއެއް އެކުލަވާލަން ނިންމައި އެ ކޮމެޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ސަރުކާރަށް ފަންނީ ލަފާ އަދި މަޝްވަރާ ދިނުމަށް އެކުލަވާލަނީ:
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމެޓީ
އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމެޓީ
 މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމެޓީ
ތަފްސީލް - މި ކޮމެޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކޮމެޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
މި ކޮމެޓީތަކުގައި ތިއްބަވާނީ ޖުމްލަ ކިތައް މެންބަރުންކަމެއް އަދި ކޮމެޓީތަކުގައި މަސައްކަތް ކުރާ މެންބަރުންނަށް އެއްވެސް އެލަވެންސެއް ދޭނެ ކަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ