ސަރަހައްދުގައި މި އަހަރު ވެސް އެންމެ ވަރުގަދައީ ދިވެހި ޕާސްޕޯޓު

މި އަހަރު ވެސް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހެންލީ އެންޑް ޕާޓްނާސް އިން ކޮންމެ އަހަރަކު އެކުލަވާލާ ގްލޯބަލް ޕާސްޕޯޓު ރޭންކިންގައި ރާއްޖެ އޮތީ 52 ވަނައިގަ އެވެ. ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލާ 92 ގައުމަށް ދަތުރު ކުރެވެ އެވެ.
ތަފްސީލް - އެ ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުގެ ދެވަނަ ލިބެނީ އިންޑިއާ ޕާސްޕޯޓަށެވެ. އެއީ ރޭންކިންގެ 80 ވަނަ އެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލާ 55 ގައުމަށް ދަތުރު ކުރެވެ އެވެ.
ބޫޓާންގެ ޕާސްޕޯޓު މި ރޭންކިންގެ 85 ވަނައިގައި އޮތް އިރު، އެ ޕާސްޕޯޓުގައި ކުރިއާލާ ވިސާ ނުނަގައި 50 ގައުމަކަށް ދަތުރު ކުރެވެ އެވެ.
މީގެ އިތުރުން:
ލަންކާގެ ޕާސްޕޯޓު އޮތީ ރޭންކިންގެ 93 ވަނައިގައި؛ އެ ޕާސްޕޯޓުގައި ކުރިއާލާ ވިސާ ނުނަގައި 39 ގައުމަކަށް ދަތުރުކުރެވޭ
ބަންގްލަދޭޝް އޮތީ ރޭންކިންގެ 95 ވަނައިގައި؛ އެ ގައުމުގެ ޕާސްޕޯޓުގައި ކުރިއާލާ ވިސާ ނުނަގައި އެތެރެ ވެވެނީ 37 ގައުމަކަށް
ނޭޕާލްގެ ޕާސްޕޯޓު އޮތީ ރޭންކިންގެ 96 ވަނައިގައި؛ އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލާ އެތެރެ ވެވެނީ 35 ގައުމަކަށް
މި ސަރަހައްދުގެ ޕާސްޕޯޓުތަކުގެ ތެރެއިން އެންމެ ބާރު ދަށީ ޕާކިސްތާނުގެ ޕާސްޕޯޓު. އެ ގައުމުގެ ޕާސްޕޯޓު އޮތީ ލިސްޓުގެ 98 ވަނައިގައި؛ ވިސާއާ ނުލާ 31 ގައުމަކަށް އެތެރެވެވޭ
ދުނިޔޭގައި ދަތުރުފަތުރު ކުރަން އެންމެ ފަސޭހަ ޕާސްޕޯޓުތަކުގެ ރޭންކިންގައި މި އަހަރު 199 ގައުމެއްގެ ޕާސްޕޯޓް ހިމަނާފައިވެ އެވެ. މި ރޭންކިންގެ އެއްވަނައާ އެކު އެންމެ ބާރުގަދަ ޕާސްޕޯޓަކީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލާ 192 ގައުމަށް ދަތުރުކުރެވެ އެވެ. 
މީގެ އިތުރުން:
ދެވަނައިގައި އޮތް ޖަޕާން އަދި ދެކުނު ކޮރެއާގެ ޕާސްޕޯޓުގައި ވިސާއާ ނުލާ 188 ގައުމަކަށް އެތެރެވެވޭ
ރޭންކިންގެ ތިން ވަނަ ލިބެނީ ޑެންމާކް، ލަގްޒަންބާގް، ސްޕެއިންގެ އިތުރުން ސްވެޑެން އާއި ސްވިޒަލެންޑަށް؛ އެ ގައުމުތަކުގެ ޕާސްޕޯޓުގައި ވިސާއާ ނުލާ 186 ގައުމަކަށް އެތެރެ ވެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ