މި ސަރުކާރުގެ ވެރިކަން ފެށުނީއްސުރެ މިހާތަނަށް ވިޔަފާރިތަކަށް ސަރުކާރުން ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރި 5 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއީ ކުރީ ސަރުކާރުގައި ވިޔަފާރިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.
ތަފްސީލް - ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކުގެ ކުރިއެރުމަށް ސަރުކާރުން ވެސް އަދި އެހެން މުވައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން؛
މި ސަރުކާރުގެ މިހާތަނަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް 349 މިލިއަން ރުފިޔާ 595 ވިޔަފާރިއަކަށް ދޫކޮށްފައިވޭ؛ މިއީ 10 ދާއިރާ އަކުން ދޫކޮށްފައިވާ ފައިނޭންސިން ސަޕޯޓު
ބީއެމްއެލް އިން ވެސް ވަނީ ކުދި ވިޔަފާރިތަކާ ގުޅުންހުރި ދާއިރާތަކުން ގިނަ ލުއިތަކެއް ދީފައި؛ އެގޮތުން ފާހަގަކުރެއްވި ގޮތުގައި ޕީއޯއެސްތަކުން ނަގާ ފީ ކުޑަކުރުން، ވިޔަފާރިތަކަށް ޓީޓީ ހަދަން ދޭ ޑޮލަރު ސަޕޯޓު ވަނީ އިތުރުކޮށްފައި
ކުދި ވިޔަފާރިތަކުގެ ޓެކްސްއާ ގުޅުންހުރި ގިނަ ލުއިތަކެއް ވަނީ ދީފައި؛ ޓެކްސް ދައްކަން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި
ގުޅުން ހުރި - ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެމީހުންގެ ބިލުތަކަށް ފައިސާ ނުލިބޭތީ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ވެސް ގިނަ ވިޔަފާރިތަކަކަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި ރޯދަ މަހާ ހަމައަށް ދާއިރު ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ސައީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ވިޔަފާރިތަކަށް 13 ބިލިއަން ރުފިޔާ ދޫކޮށްފި؛ 5 ބިލިއަން އެސްއެމްއީތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ