ޕީއެސްއެމްއެމުން ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކަށް

2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއާއި ބޭރުދުނިޔޭގައި ހިނގައިދިޔަ އެންމެ މުހިންމު ޚަބަރުތަކާއި ހާދިސާތައް އެއް ފޮތަކުން ފެންނާނެހެން ތައްޔާރުކުރި "ނިމުނު 52 ހަފުތާ 2025" ފޮތް ރަސްމީކޮށް ނެރެފިއެވެ.
މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
މި ފޮތަކީ އަހަރުގެ ކޮންމެ ހަފުތާއެއްގައި ހިނގައިދިޔަ އެންމެ މުހިންމު ކަންކަން އެއްކޮށްލައިގެން، ޕީއެސްއެމް ނިއުސްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ތައްޔާރުކުރުމުގެ މައިގަނޑު އަސާސަކީ ޕީއެސްއެމް ނިއުސްއިން ކޮންމެ ހަފުތާއަކު ގެނެސްދޭ "ނިމުނު ހަފުތާ" ސެގްމެންޓެވެ.
މި ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ޕީއެސްއެމްގެ ނޫސްވެރިން ކުރި މި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. މިފަދަ ފޮތެއްގެ ސަބަބުން ރާއްޖޭގެ ތާރީޚީ ކަންކަން ރައްކާކުރެވި، ކުރިމަގުގައި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި މިއީ ނޫސްވެރިންނަށާއި، ތާރީޚު ދިރާސާކުރާ ފަރާތްތަކުގެ އިތުރުން މަޢުލޫމާތު ހޯދަން ބޭނުންވާ އާންމުންނަށް ވަރަށް ބޭނުންތެރި މަޞްދަރަކަށް ވާނެއެވެ.
މީގެ އިތުރުން މިއީ އަހަރުގެ ތެރޭގައި ހިނގާފައިވާ މުހިންމު ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަން ފަސޭހައިން ބަލާލެވޭނެ ގޮތަށް ތަރުތީބު ކުރެވިފައިވާ ފޮތެއްކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ