ބިދޭސީންގެ މާރާމާރީއެއް؛ ދެ މީހަކު ހައްްޔަރު ކޮށްފި

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފި އެވެ.
މާރާމާރީ ހިންގީ ޖެލީ ކިޔާ ވިޔަފާރިއެއްގައި މަސައްކަތް ކުރާ މުވައްޒިފުންތަކެކެވެ. ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 11:23 ހާއިރު އެވެ.
އެ ރިޕޯޓާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ. އެއީ ދެ ބިދޭސީން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މާރާމާރީގެ އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ