އީރާން އެމްބަސީގެ މުވައްޒަފުން 24 ގަޑިއިރުގެ ތެރޭގައި ފުރަން ގަތަރުން އަންގައިފި

ގަތަރުގައި ތިބޭ އީރާނުގެ އަސްކަރިއްޔާގެ ސެކިއުރިޓީ އެޓާޗޭ އާއި މުވައްޒަފުންނަކީ ޕާސަނާ ނޮން ގްރެޓާ އިން ކަމަށް ކަނޑައަޅައި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ފުރައިގެން ދިއުމަށް ގަތަރުގެ ފޮރިން މިނިސްޓްރީން އަމުރުކޮށްފި އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ އީރާނުގެ އަސްކަރިއްޔާ އާއި އެ އެމްބަސީގެ ސެކިއުރިޓީ އެޓާޗޭއަކީ ޕާސަނާ ނޮން ގްރެޓާ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި އެ މީހުން ގައުމުން ބޭރަށް ދިއުމަށް އަމުރު ކުރާ ކަމަށެވެ.
ގަތަރުން އެފަދަ ނިންމުމެއް މި ނިންމީ ގަތަރުގެ ގޭސް ކާރުހާނާއަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެންނެވެ. އަދި ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ އެ ހަމަލާއަކީ އެ ގައުމުގެ ސިޔާދަތާއި ސަލާމަތާ ދެކޮޅަށް ދިން އަމަލެއް ކަމަށެވެ.
އީރާނުން ވަނީ ގަތަރުގެ ރަސްލަފާން އިންޑަސްޓްރިއަލް ސިޓީއަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އުފައްދާ މަރުކަޒެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިލިޓަރީ އެޓާޗޭ އާއި ސެކިއުރިޓީ އެޓާޗޭ އާއި އެ މީހުންގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުން ފުރައިގެން ދިއުމަށް އަމުރުކޮށް ރަސްމީ ނޯޓެއް ދޯހާގައި ހުންނަ އީރާން އެމްބަސީއަށް ރައްދުކޮށްފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ