ދިރާގު ފިންޓެކުން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް 1ރ.އަށް ސީގަލް ކެފޭއިން އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާދަމާ ހަވީރު 4 އިން ރޭގަނޑު 10އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާ އާއި ރަހުމަތްތެރިންނާ އެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާ އެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.
ތަފްސީލް ކަސްޓަމަރުންނަށް ސީގަލް ކެފޭން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބޭނެ އެވެ.
ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށް ފަހު ރަޖިސްޓަރީކޮށްގެން ސީގަލް ކެފޭއަށް ދާ ކޮންމެ މީހަކަށް ވެސް މާދަމާ އައިސްކްރީމް ލިބޭނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުޕޭން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން، ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގުޕޭގެ އީދު ހަދިޔާ: 1ރ.އަށް ސީގަލް ކެފޭން އައިސްކްރީމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ