ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކެއްގައި 66 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ ދުވަހުގެ ތެރޭގައި ޖުމްލަ 66 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ހަތް ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
66 ބިދޭސީއަކު ބަލައި ފާސްކޮށް، ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ