ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން މި އަހަރުގެ ފިތުރު ޒަކާތް ބަހައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000ރ. ބަހައިފި އެވެ.ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000ރ. އެވެ. މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނެ އެވެ."މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރު،" ޒަކާތު ހައުސްއިން ބުންޏެވެ.އެ ފައިސާގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13.8 މިލިއަން ރުފިޔާ އެވެ.މިއަހަރު ހަތް އޮންލައިން ޕޯޓަލްއަކުން ފިތުރު ޒަކާތް ބަލައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ