މި އަހަރުގެ މިހާތަނަށް 15،000އެއްހާ މީހުންނަށް ސަރުކާރުން ވަޒީފާ ދީފި، އެއީ ހުސް ޕީއެންސީ މީހުން: ޣަފޫރު

މި އަހަރުގެ މިހާތަނަށް 15،000އެއްހާ ޕީއެންސީ މީހުންނަށް ސަރުކާރުން ވަޒީފާ ދީފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތު ކުރައްވައިފިއެވެ. އަންނަ މަހު ހަތަރެއްގައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީހުން ހޮވުމުގެ އިންތިޚާބުތައް އޮންނާނެއެވެ. އެ އިންތިޚާބުތަކާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރުމަށް އާންމުންގެ ޚިޔާލު ހޯދާ ވޯޓެއް ވެސް ނަގާނެއެވެ. އިންތިޚާބުތައް ބޯމަތިވެފައިވާއިރު، އެ ދުވަސްވަރާ ދިމާކޮށް ސަރުކާރުގެ އެކި އިދާރާތަކުގެ ވަޒީފާ ދޭ ކަމުގެ އަޑުތައް އަބަދުވެސް އިވެއެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެފަދަ ތަފުސީލުތަކެއް ހާމަކޮށްފައެވެ. މިގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ޣަފޫރު ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ އިންތިޚާބު ވަގަށް ޖަހައިގަތުމުގެ މަގުސަދުގައެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ: ޣަފޫރު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް 15،000އެއްހާ މީހުންނަށް ސަރުކާރުން ވަޒީފާ ދީފި، އެއީ ހުސް ޕީއެންސީ މީހުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ މި އަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް ސަރުކާރުން ވަޒީފާ ދީފައިވާ ކަމަށާއި މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް ބިރު ދައްކަމުން އަންނަ ކަމަށް ޣަފޫރު ތުހުމަތުކުރެއްވިއެވެ. ސަރުކާރުން ކުންފުނިތަކުން މިހާރު މި އަހަރުގެ ޖަނަވަރީ، ފެބްރުއަރީ މާރިޗު ތެރޭގައި 15،000އެއްހާ މުވައްޒަފުންނަށް ވަޒީފާ ދީފި. އެ މީހުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ މީހެއް ނޫނީ ނެތް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ނަމަވެސް، މިކަމާގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މީގެއިތުރުން، އޭނާ ވިދާޅުވީ، ވޯޓު ނުދީފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު މުވައްޒަފުންނަށް ބައެއް ފެނަކަ ބްރާންޗުތަކުގެ ސީނިއާ މުވައްޒަފުން ދައްކަމުން އަންނަ ކަމަށާއި އެ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެއީ، ގާނޫނީ ކުށެއްކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ، އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ކަމެއް ސަރުކާރުން ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ. އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ. https://sun.mv/219179 މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރްޑީސީ ފަދަ ކުންފުނިތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ