ދީނީ އިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) ބޭސްފަރުވާ އަށް ތައިލެންޑަށް ފުރައިފިއެވެ.
ޝެއިޚްގެ ބޭސްފަރުވާގެ ކަންކަމަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގެ އިސްވެ ހަރަކާތްތެރިވާ އެހީ ޖަމިއްޔާއިން ބުނި ގޮތުގައި، ޝެއިޚް ބޭސްފަރުވާއަށް ތައިލެންޑަށް ދިޔުމަށް ފުރާފައިވަނީ މިއަދުއެވެ.
ޝެއިޚް ނައިފަރީގެ ބޭސްފަރުވާގެ ކަންކަމަށް ތައިލެންޑަށް ފުރުމަށް މާލެއައީ މިދިޔަ ޑިސެމްބަރު މަހުގެ 28 ގައެވެ.
އަދި މާލޭގައި ހުންނެވި ދުވަސްތަކުގައި ބެންކޮކް ހޮސްޕިޓަލާއެކު ޝެއިޚްގެ އޮންލައިން ކޮންސަލްޓޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި، ކުރިން ހެދިފައިވާ ޓެސްޓުތަކުގެ މުއްދަތު ހަމަވެފައިވާތީ، މާލޭގައި ހުންނަވައިގެން ހޮސްޕިޓަލަކުން ލޮލުގެ ކަންކަމާ ގުޅޭ ޓެސްޓުތައްވަނީ އަލުން ހައްދަވާފައެވެ.
މީގެ އިތުރުން ޝެއިޚްގެ ބޭސްފަރުވާގެ ހަރަދުތަކަށް ބަލައި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި، ހޮސްޕިޓަލުން އެންގުމުން އެކަމަށް ޚާއްސަ ކެމްޕޭނެއް އަލުން ހުޅުވާނެ ކަމަށް އެހީ ޖަމިއްޔާއިން ބުނެއެވެ.
އަދި މިހާރުވެސް މި ކެމްޕޭނަކާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
އެހީ ޖަމިއްޔާއިން ވަނީ ޝެއިޚް މުހައްމަދު އިބްރާހިމްގެ މި މެޑިކަލް ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެންގެ ދުޢާ އާއި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި އަބަދުވެސް ކައިރީގައި ތިބުމަށް އެދިފައެވެ.
ޝެއިހުގެ ދެ ލޮލުގެ ފެނުން ގެއްލި އެކަމަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް "އެހީ" ޖަމިއްޔާގެ "އެދިހަ" ޕޯޓަލް މެދުވެރިކޮށް ޚާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ.
އެ ޕޯޓަލުން ޝެއިޚްގެ ފަރުވާގެ ކަންކަމާގުޅޭ އަދާހަމަ ބަލާލެވޭނެ ކަމަށް އެހީ ޖަމިއްޔާއިން ބުނެއެވެ.
ޝެއިޚް ނައިފަރީ ބޭސްފަރުވާއަށް ތައިލެންޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ