ހަނިމާދޫ އެއާޕޯޓް ހިންގަންވީ ސަރަހައްދީ އެއާލައިނަކާ ގުޅިގެން، އޭރުން ފައިދާ ބޮޑު: ނަޝީދު

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ މައި ހަބަކަށް ހަދާ އެއާލައިންއާ ގުޅިގެން އެއާޕޯޓް ހިންގުމުން ދިވެހީންނަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. މިފަދަ ޕޯސްޓެއް ކުރެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ސަރުކާރުން އިންޑިއާގައި ރަސްމީކޮށް އެދިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓް އެ ބަހުސް ދިވެހީންގެ މެދުގައި ވަަރަށް ބޮޑުވެފައިވަނިކޮށެވެ.
ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަޝީދުގެ ޕޯސްޓްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ އެއާލައިންގެ މައި ހަބަކަށް ހަދާ އެއާލައިންއާ ގުޅިގެން އެއާޕޯޓް ހިންގުމުން ދިވެހީންނަށް ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށެވެ.
"މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއަށް ފަހިވާނެ," އެގޮތަށް އެއާޕޯޓް ހިންގުމުގެ ފައިދާ ސާފުކޮށްދެއްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ މި ޕޯސްޓާއެކު ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ރާއްޖޭގެ މައި އެއާޕޯޓް, އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިން ދިނުން ފާހަގަކޮށް އެކަމާއި ގުޅޭގޮތުން އެކި ސުވާލުތައް އެމަނިކުފާނަށް އަމާޒުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ