ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަނީ: ދަ ހިންދޫ
ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އެދިފައިވެ އެވެ."ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހަނިމާދޫ އާ އެއާޕޯޓް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެހެންވެ, އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ "ދަ ހިންދޫ"ން ބުނާ ގޮތުގައި ރައީސް މުއިއްޒު, އެއާޕޯޓް މެނޭޖު ކުރަން އިންޑިއާގެ އެހީއަށް އެދިވަޑައިގަތީ ހަނިމާދޫ އެއާޕޯޓް ހުޅުވަން ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިޑޫ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.ދިވެހި ސަރުކާރުގެ ޕްރޮޕޯސަލް ދިރާސާކުރަން ހަވާލުކޮށްފައިވާ އޭއޭއައިގެ ދަށުގައި އިންޑިއާގެ 113 އެއާޕޯޓެއް އޮވެ އެވެ. މީގެ ތެރެއިން އެ އިދާރާއިން ހިންގަނީ 26 އެއާޕޯޓެކެވެ. އަދި އެ އިދާރާގެ ދަށުގައިވާ ބައެއް އެއާޕޯޓުތައް ހިންގަނީ އެ ގައުމުގެ އަމިއްލަ ކުންފުނިތަކުންނެވެ.މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރުގެ އިތުރުން ޖީވީކޭ، އަދި އަދާނީ ގްރޫޕް ހިމެނެ އެވެ.ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލަކާއި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއަކާ އެކު ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވީ އެއް ފަހަރާ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ޖާގަ ވެސް ލިބޭ ގޮތަށެވެ.އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީއެއް ވެސް ވަނީ ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ