ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މެންޓަލް ހޮސްޕިޓަލްގެ ޓައިމްލައިން:
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ނަފުސާނީ ބަލިތަކުގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ކަމެއް ނަމަވެސް ސަރުކާރުން ވެސް އަދި މުޖުތަމައުންވެސް މާބޮޑު އަޅާލުމެއް ނުދެވި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް އިސްލާހީ ކަންތައްތަކެއް ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެގޮތުން މެންޓަލް ހޮސްޕިޓަލަކީ އެ މަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ކުރަން ނިންމާފައި އޮތީ ބޭރުގެ ލޯނެއް ނަގައިގެން ކަމަށްވީ ނަމަވެސް އެ ލޯނު ހަމަނުޖެހި ލަސްވަމުންދާތީ ދައުލަތުގެ ބަޖެޓުން މެންޓަލް ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ ބަޖެޓުގެ ”ނިއު ޕޮލިސީ އިނިޝިއޭޓިވް“ ގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ފުރަތަމަ އަޅުގަނޑުމެން މި ނިންމީ ސަރުކާރުގެ ބަޖެޓުން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް. ދެން އޮރިޖިނަލީ ލޯން އެހީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލް އަޅަން އޮތީ ލ. އަތޮޅު ގަމުގައި. އެ ޕްރޮޖެކްޓް އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި، އެ ކެންސަލް ނުކޮށް. އެއަށް ދެން ފަހުން ގޮތެއް ނިންމާނީ. މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ،“ ރައީސް ވިދާޅުވި އެވެ.
ގަމު މެންޓަލް ހޮސްޕިޓަލް މަޝްރޫއު ޕާކުކޮށް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ