ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީނުކުރެވޭ: ނަޝީދު
ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި އެކަން ކުރަން މިއަދު ތިބި ބަޔަކީ ނޫސްވެރިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު އެ ކަމަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ސަންގު ޓީވީއަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ."ސަރުކާރު ޖަވާބުދާރީކުރުން ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭ ކަމަކަށް މިހާރު އެއްގޮތަކަށްވެސް ދެކެވޭކަށް ނެތް. ވާދަވެރި ޕާޓީވެސް އެ ބުނީ ވަރަށް ރަނގަޅޭ، ރުހުމޭ،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވައި އެކަންކަމުގެ އަސްލާއި ހަގީގަތް ގެނެސްދޭން ތިބީ ނޫސްވެރިން ކަމަށެވެ. އަދި ހަބަރުތައް ގެނެސްދިނުމުގައި ތެދު ދޮގު ބެލުން ވަރަށް މުހިއްމު ކަމަށާއި ނޫސްވެރިން ކުރާ މަސައްކަތް އަގުވަޒަން ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމުގެ މާހާއުލު އެއްކޮށް ފުނޑުފުނޑުކޮށްލައި ނޫސްތަކާއި ނޫސްވެރިންނަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ