މާލޭގެ ގެއެއްގެ ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓި މީހަކު މަރުވެއްޖެ

މާލޭ ގެއެއްގެ ހަވަނަ ބުރިން ސިޑިގޮޅިއަށް ވެއްޓުނު ބިދޭސީ މީހަކު މަރުވެއްޖެ އެވެ.
ތަފްސީލް - ފުުލުހުން ބުނިގޮތުގައި، މާފަންނު ގެއެއްގައި ހިނގި މި ހާދިސާގައި ބަންގްލަދޭޝްގެ ރުޓަން، 47، ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:29 ހާއިރު އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް އައިޖިއެމްއެޗާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ