ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ރާވާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ 7 އޮގަސްޓް 2023ގައި 469 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުުކޮށްފައި އޮތީ 540 ދުވަހުން ނިންމާ ގޮތަށެވެ. މިއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެކެވެ.
ތަފްސީލް - މި މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒު މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ފުވައްމުލަކުގައި އަޅާ 400 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ