އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި؛ ތިން މީހަކަށް އަނިޔާތަކެއް
މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި މިއަދު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އެ މުއައްސަސާއިން ހިއްސާނުކުރެއެވެ. https://sun.mv/212829 ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ