އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ދިވެހި ގައުމު އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ކުރައްވައިފިއެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޮނަރަބަލް ޝާހިދު ވިދާޅުވީ ނަަސްރުގެ ދުވަހުގެ ޒިކްރާ މިއަދު މި އާކުރަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންނަށް މިންވަރުކުރެއްވި ނަސްރަށްޓަކައި ކަލާންގެ ކިބަފުޅަށް ހަމްދު ކުރަމުން ޝުކުރުވެރިވަމުން ކަމަށެވެ.
ނަސްރުގެ ދުވަހުގެ ޒިކުރާ އައު ކުރައްވަނީ ނޮވެންބަރ 3ގެ އުދުވާނުގައި ދިވެހި ސިފައިންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި އެންމެހާ އަބުތާލުންގެ މަތިވެރި ގުރުބާނީގެ ހަނދާން އައުކޮށް އެ މުޖާހިދުންގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ކުރަމުން ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ޒިކުރާ އައުކުރައްވަނީ ނިރުބަވެރިން ދިވެހިރަައްޖޭގެ ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާއު ކުރެއްވުމުގައި ޝަހީދުވި ބަތަލު ޝަހީދު ހުސައިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ގެ ހަނދާން އަބަދުގެ އަބަދަށް ދިވެހި މިބިމުގައި ތަކުރާރުވެ ޒިކްރާ ވެވެމުންދާނެކަމުގެ ޔަގީންކަމާއި އެކުގައިކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
އެ ބިރުވެރި ނާމާން ދުވަހު މި ލޮބުވެތި ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ދިވެހި ސިފައިން ސާބިތުކަމާއިއެކު ކުރެއްވި އަގުހުރި ޖިހާދުގެ ހަނދުމަ އާކޮށް އައްސަރިބަހާއި ސާބަސް ދަންނަވަމުން އޮންރަބަލް ޝާހިދު ވިދާޅުވީ އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި، ހިތްވަރާއިއެކު ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވެ ތައުރީފު ކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެންމެ އެކުވެރި އަވަށްޓެރި އިންޑިޔާގެ ސަރުކާރުންދެއްވި އަވަސް އިޖާބައަށާއި، ވެދެއްވި ދީލަތި އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް އިހުލާސްތެރިކަމާއިއެކު އޮނަރަބަލް އަބްދުއްލާ ޝާހިދު ޝުކުރު ދެންނެވިއެވެ.
ހުސައިން އާދަމް ދެއްކެވި ސާބިތުކަން އަބަދުގެ އަބަދަށް ޒިކްރާވެވޭނެ: އަބްދުއްލާ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ