ޝަހީދުންގެ އަގުވަޒަންކޮށް، އާއިލާތަކަށް އައްޑަނަ ދީފި

ނޮވެންބަރު 3ގެ ހަނދާނީ އައްޑަނަ، ޝަހީދުންގެ ޢާއިލާތަކަށް ދެއްވައިފި އެވެ.ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ރަސްމިއްޔާތުގައި، އާއިލާތަކަށް މި އައްޑަނަތައް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން މި ހަމަލާތަކުގައި ސިފައިންގެ އަށް ބޭކަލަކާއި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.ޝަހީދުވި ސިފައިންގެ 8 ބޭކަލުން:• ޝަހީދު ކޯަޕރަލް ހުސައިން އާދަމް (ސނ: 856) ހދ. ކުޅުދުއްފުށި / މާވާގެ (20 އަހަރު)• ޝަހީދު ކޯޕަރަލް މުހައްމަދު އިބްރާހިމް (ސނ: 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (31 އަހަރު)• ޝަހީދު ސާޖަންޓް އާދަމް ނަޞީރު (ސނ: 635) ހ. ޝޭޑީވިލާ (28 އަހަރު)• ޝަހީދު ލެފްޓިނެންޓް މޫސާ އަހުމަދު (ކުޑަނެވި ތުއްތު މަނިކު) (ސނ: 243) މއ. ދާރީގެ (51 އަހަރު)• ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު (ސނ: 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (33 އަހަރު)• ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސނ: 120) ހ. އަންހީޓް (49 އަހަރު)• ޝަހީދު ކޯޕަރަލް މުހައްމަދު ޙަސަން (ސނ: 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (28 އަހަރު)• ޝަހީދު ކޯޕަރަލް ހުސައިން މުހައްމަދު (ސނ: 264) ބ. ތުޅާދޫ / މަބުސްތާނުގެ (38 އަހަރު)ޝަހީދުވި 11 އާންމުން:• ޝަހީދު އަލްމަރުހޫމް އިސްމާޢީލް ހަލީމް މ. ރޯޒްބުޝް (35 އަހަރު)• ޝަހީދު އަލްމަރުހޫމް އިބްރާހީމް ހަމީޒު މ.ބީޗްސައިޑް / މާލެ (22 އަހަރު)• ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ (45 އަހަރު)• ޝަހީދު އަލްމަރުހޫމް އަހުމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ (52 އަހަރު)• ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ) (52 އަހަރު)• ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ (49 އަހަރު)• ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ (53 އަހަރު)• ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ (24 އަހަރު)• ޝަހީދު އަލްމަރުހޫމް ހަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި (20 އަހަރު)• ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި (16 އަހަރު)• ޝަހީދު އަލްމަރުހޫމް ހުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި (70 އަހަރު)ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ޢުދުވާނީ ހަމަލާދނީ ދިވެހި 7 ޚާއިނުން ގުޅިގެން ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ނިރުބަވެރި ޖަމާއަތެއްކަމަށްވާ ޕްލޯޓް ޖަމާޢަތާ ގުޅިގެންނެވެ.މިއަދުގެ ޖަލްސާގައި ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ވަނީ އަރުވައިފަ އެވެ.ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ވާހަކަފުޅުދައްކަވައިފަ އެވެ. އަދި ޑިފެންސް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވެސް ވާހަކަދެއްކެވިއެވެ.މީގެ އިތުރުން ދުވަހުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތަމްސީލެއް ވެސް ވަނީ ދައްކައިފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ