އިޖުތިމާއީ ތަރައްގީއަށް އަމާޒުކޮށް ބާއްވާ ސަމިޓަކަށް، ނައިބު ރައީސް ގަތަރަށް
        ގަތަރުގައި ބާއްވާ "ސެކަންޑް ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް އެ ގައުމުގެ ވެރިރަށް، ދޯހާއަށް މިރޭ ފުރާވަޑައިގެންފިއެވެ.  މަދާމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ އެ ސަމިޓުގައި އިޖުތިމާޢީ ތަރައްގީ ކުރިއެރުވުމާއި ފަގީރުކަން ނައްތާލުމާއި ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާއި ޝާމިލް މުޖުތަމަޢެއް ބިނާކުރުމާ ބެހޭ ގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާނެއެވެ.  މި ސަމިޓުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.  އެންމެފަހުން ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައި ވަނީ 1995ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައެވެ.  ނައިބު ރައީސް ދޯހާއަށް ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގައި އަރަބި އަދި މުސްލިމް ލީޑަރުން ބާއްވަވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް އެ ގައުމަށް ވަޑައިގަތެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ